އިންސާނީ ވަގު ވިޔަފާރީގެ މައްސަލަތަކެއް ތަހުޤީޤު ކުރުމަށް ފުލުހަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅެގޮތުން ރޭ އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އިންސާނީ ވަގު ވިޔަފާރިއަށް މަގުފަހިވާ ގޮތަށް ގިނަ މަޝްރޫޢުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ، ސައްޚަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ ތަހުޤީޤު ކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި މި މައްސަލަތައް ތަހުޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވާފައިވަނީ، މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުޢާމަލާތްތަކާއި، މައްސަލަތަކުގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތާއި އެކުގައި ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައިވެއެވެ،

އަދި އެ މައްސަލަތަކުގެ ތަހުޤީޤު ނިމެންދެން މި ތިން ކުންފުނީގެ ޙިއްސާދާރުންނާއި، މި މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް މެދުކަނޑާލައިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މައްސަލަތަކާއި އެކު އިންސާނީ ވަގުވިޔަފާރިއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.