އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯވތައް ބާއްވާ، ﷲ ހަރާމް ކުރެއްވި ކަންތައްތައް ކުރުމުގެ ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި, މިކަން ކުރާ މީހުންނާއި ކުރުވާ މީހުންނާއި ހުއްދަދޭ ފަރާތްތައް ކުށުގައި ހަމަހަމަ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯވތައް ބާއްވާ، ﷲ ހަރާމް ކުރެއްވި ބުއިންތައް ބޮއެގެން މަސްތުވެ، ފާހިޝް އަމަލުތައް ހިންގުމަށް ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިކަން ކުރާ މީހުންނާއި ކުރުވާ މީހުންނާއި ހުއްދަދޭ ފަރާތްތައް ކުށުގައި ހަމަހަމައެވެ." އިޔާޒްގެ ޓްވީޓުގައިވެއެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ ﷲ ގެ ނިއުމަތްތައް ގިނަގުނަ ކަމަށާއި ރެޔާއި ދުވާލަކީ ވެސް ﷲ ގެ ނިއުމަތްތަކުގެ ތެރެއިން ނިއުމަތެއް ކަމަށެވެ.

އާއަހަރު ފާހަގަ ކުރުމަށް ފާހިޝް އަމަލުތަކަށް އަރައިގަތުމުގެ ގޯސްކަން ވިސްނައި ދިނުމަށް އިޔާޒްގެ އިތުރުން އެހެން ބައެއް އިލްމުވެރިން ވެސް ގެންދަވަނީ މީސް މީޑިއާގައި ތަފާތު ލިޔުންތައް ލިޔުއްވަމުންނެވެ.

އަންނަ ބުދަ ދުވަހު 2020 ވަނަ އަހަރު ފެށޭއިރު އާއަހަރު ފެށުން ފާހަގަ ކުރަން ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ވެސް ކުލަގަދަ ހަފްލާތައް ބާއްވާފައި ވެއެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު ވެސް އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް އެކި ފަރާތްތަކުން ގެންދަނީ އިންތިޒާމް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.