ބ.ކެންދޫ އިން ރިޔަލު ދޯންޏެއްގައި ކަނޑަށް ނިކުމެ އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ. އަބްދުﷲ އަލީ ނަމަކަށް ކިޔާ މިމީހާ ގެއްލިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 4:30 އެހާކަން ހާއިރު އަލަށް ބަނދެފައިވާ ގާތްގަނޑަކަށް ހަތް ވަރަކަށް ފޫޓުގެ ރިޔާ ދޯންޏެއްގައި ރިޔާ ނަގައިގެން އެ ދޯނި ޓެސްޓު ކޮށްލުމަށްޓަކައި މާކަނޑަށް ނުކުމެ އުޅުމުގެ ތެރޭގައެވެ. ގެއްލުނު މީހާ މިއަދު ހަވީރު 5:30 އާއި 6:30 އާއި ދެމެދު ރަށު ކައިރިން ފެނުނު ކަމަށް ރަށު މީހުންނާ ހަވާލާދީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ، އަބްދުﷲ އަލީ ފެނިފައިވަނީ އެރަށާއި ކައިރީގައި އޮންނަ ފަޅުރަށެއްކަމަށްވާ ކެޔޮދޫ އިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ދެއްވިއެވެ. 

އަދި މީގެ އިތުރުން އަބްދުﷲ އަލީ ހޯދުމުގެ މަސައްކަތުގައި އެރަށުގެ 12 ދޯންޏަކާއި ކައިރި ރިސޯޓުތަކާއި ފުލުހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ކެންދޫ ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.