ބ.ކެންދޫ އިން ރިޔަލު ދޯންޏެއްގައި ނިކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ކެންދޫ އެއްގަމުގެ، އުމުރުން 44 އަހަރުގެ އަބްދުﷲ އަލީއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި, އެރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ.
މިމީހާ ގެއްލިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 4:30 އެހާކަން ހާއިރު އަލަށް ބަނދެފައިވާ ގާތްގަނޑަކަށް ހަތް ވަރަކަށް ފޫޓުގެ ރިޔާ ދޯންޏެއްގައި ރިޔާ ނަގައިގެން އެ ދޯނި ޓެސްޓު ކޮށްލުމަށްޓަކައި މާކަނޑަށް ނުކުމެ އުޅުމުގެ ތެރޭގައެވެ.