މިދިޔަ އާދީއްތަ ދުވަހު އަނެއްކާވެސް ރެކޯޑް އަދަދަކަށް ފްލައިޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކޮށްފައިވާކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ، މިދިޔަ އާދީއްތަ ދުވަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަރައި، މައި އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު އަލުން ގާއިމުވެފައިވާ ކަމަށެވެ.

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ދެ ވަނަ ފަހަރެވެ. އެގޮތުން، މި މަހުގެ އެއްވަނަ ދުވަހު ފްލައިޓް މޫވްމެންޓް 226 އަށް އަރާފައިވާއިރު، އޭގެ ކުރިން، އެއް ދުވަހެއްގެ މައްޗަށް އެއާޕޯޓު އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 219 ފްލައިޓް މޫވްމެންޓް ވަނީ ރެކޯޑު ކުރެވިފައެވެ.

އެމްއޭސީއެލް އިން ބުނީ އާދީއްތަ ދުވަހު 101 އިންޓަނޭޝަނަލް ފްލައިޓް މައި އެއާޕޯޓު ބޭނުން ކޮށްފައިވާއިރު އެ ދުވަހު ބޭނުންކުރި ޑިމެސްޓިކް ފްލައިޓުގެ އަދަދު 121 އަށް އަރާ ކަމަށެވެ. އަދި އެހެނިހެން 17 ފްލައިޓެއް ވީއައިއޭގެ ރަންވޭ ބޭނުންކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.