ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނުތަކާއި ހިލާފު ކަމެއް އިންޑިއާ އާއި ޗައިނާ އިން ވެސް މުސްލިމުންނަށް ނުކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ, ދިވެހި ސަރުކާރަކީ އެއްވެސް އިރެއްގައި ގައުމުތަކުގެ ދާހިލީ ކަންކަމާއި ބެހޭ ގޮތުން ބަސްބުނެ ހަދާ ބައެއް ނޫން ކަމަށެވެ.

ހޫދު ވިދާޅުވީ، އިންޑިއާގައިވެސް އުޅެނީ ދާލިހީ މައްސަލައެއް ކަމަށެވެ.

"އިންޑިއާގައި ވެސް އެއުޅެނީ ދާހިލީ މައްސަލައެއް. އެހެންވެ އެކަންކަމާއި މެދު ބަސްނުބުނަނީ. އޭގެ ކޮންވާސްއަކީ ފަލަސްތީން އިޝޫގައި އަޅުގަނޑުމެންނަކީ އެކަމުގެ ކަންބޮޑުވުންތަކާއި މެދު އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމަށް ވާނެ. އދ.ގައި ރައީސްގެ ތަޤުރީޤުގައި ބޮޑުތަނުން އޮންނާނެ ބުނެފައި އިސްރާއީލްގެ އަމަލުތައް ކުށްވެރިކުރާ ވާހަކަ. އިންސާނީ ޙައްޤުތަކުގައި އަޅުގަނޑުމެން ބަލާ ކަންތައްތަކެއް ވެސް ހުންނާނެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ރިޒޮލިއުޝަންތަކާއި މިގޮތައް ބައިވަރު ކަންކަން ހުންނާނެ އަޅުގަނޑުމެން އެއްޗެއް ބުނާއިރު. އެމިންގަނޑުތަކަށް ނުފެތޭތީ އަޅުގަނޑުމެން އެއްޗެއް ނުބުނަނީ." ހޫދު ވިދާޅުވިއެވެ.

ހޫދު މިހެން ވިދާޅުވިއިރު، އިންޑިއާ އާއި ޗައިނާގައި ދިރިއުޅެމުން އަންނަ މުސްލިމުންނާއި މެދު ދަނީ ލާއިންސާނީ އެތައް އަމަލެއް ހިންގަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *