ދައުލަތުގެ ވަޒީރުންނާއި މެދު ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ ވަޒީރުންނާއި މެދު ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އަދި ސަރުކާރަށްވެސް ވަޒީރުންނާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.

އެހެންނަމަވެސް މަޖިލީހަކީ ވަކި އިދާރާއެއް ކަމަށާއި މަޖިލީހުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުބެހޭނެ ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް ފެށުމާއި އެކު އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ، ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.