ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުން އަންނަނީ އަމިއްލަ އެދުމެއް ނެތި ކަމަށާއި އެހެން ނަމަވެސް، ލިބެމުންދަނީ "ބޮނޑި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖޭޕީގެ މައި ޖަގަހަ މ.ކުނޫޒުގަ އެ ޕާޓީއަށް އާ މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ގާސިމް ވިދާޅުވުވީ، ވަނީ 1984 ވަނަ އަހަރުން ފެށިގެން ސިޔާސީ ހަރަކާތްތައް ފެށީއްސުރެ މިއަދާއި ހަމަޔަށްވެސް އެމަނިކުފާނަށް ލިބެމުން އައީ "ބޮނޑި އާއި އަނިޔާ" ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ކެނޑިނޭޅި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޑިމޮކްރަސީ ގެނެސް އެ ފައްކާކުރުމުގެ މަސައްކަތާއި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، މާއްދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެމަނިކުފާނަށް އަނިޔާ ލިބެމުން ދާކަމަށެވެ.

އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަ ސިފައިގައި: ގާސިމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ގާސިމް ވަނީ، އެމްޑީއެމް އުވާލުމުން އެކަމަށް ތާއީދުކޮށް ވާހަކަފުޅު ދައްކާފައެވެ. ގާސިމް ވިދާޅުވީ އެމްޑީއެންއަކީ ޤައުމުގެ މިނިވަންކަމަށް ހުރި ނުރައްކަލެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.