މާގިނައިން އަންހެން ކުދިންނާއި ހެދި އުޅުއްވާތީ އެންމެ ނުލަފާ ދަރިއަކީ އުއްޗު ކަމަށް އޭނާގެ މަންމަ ވިދާޅުވި ކަމަށް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވިދާޅުވީ، "ބަގީޗާއަކަށް ވަދެވެވުމުން މާމެލާމެއްޔަށް ބެލޭނެ" ކަމަށެވެ. އުއްޗުގެ މި ބަހުގެ މުރާދަކީ، "ރީތި އަންހެން ކުދިން ފެންނަނީ ނަމަ އެކުދިންނަށް ބެލޭނެ" ކަމެވެ.

އުއްޗު ވިދާޅުވީ، އޭނާބައެއް ޅެންތައް ހައްދަވާފައިވާނެ ކަމަށާއި އެކަން ކުރަން ޖެހުނީ "ފެނުނު ބައެއް މޫނުތަކުގެ ސަބަބުން" ކަމަށެވެ. އަދި މިހާރުވެސް ބައެއް ފަހަރު ލަވަ ކިޔޭތޯ މަސައްކަތް ކުރާ ކަމަށް އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ، އޭނާއަށް އުއްޗު ކިޔުނީ އޭނާގެ ކޮއްކޮ ޗަމްޕާ ހުސައިން އަފީފް ތުއްޕުޅުއިރު ތުއްތުބެ ވިދާޅުވާން އުޅެނިކޮށް އުއްޗު އޭ ވިދާޅުވެވިގެން ކަމަށެވެ. ފަހުން އެނަން އާއިލާއަށް މާބޮޑަށް ކަމުގޮސްގެން ނަން ހަރުލީކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.