ތިލަފުށީގެ މަގުތައް މަރާމާތުކުރަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޖީއެމްއައިޒެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ޖީއެމްއައިޒެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކެވެ.

އެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ދެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުބް ވިދާޅުވީ، ތިލަފުށީގެ މައި މަގުތަކަށް ދިމާވެފައި ވާ މައްސަލަ 2020 ވަނަ އަހަރު ނިމުމުގެ ކުރިން ހައްލުވެގެންދާނެ ކަމަށެވެ.

ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ތިލަފުށީގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކަމަށެވެ. 

މީގެ އިތުރުން އެމްޑީ އިބްރާހިމް ވިދާޅުވީ، ތިލަފުށީގެ މަގުތަކުގެ ހާލަތަކީ ކޮންމެހެން ރަނގަޅު ކުރަން ޖެހިފައި ވާ ކަމެއް ކަމަށެވެ.

ތިލަފުށީގެ މަގުތަކުގައި މިހާރު ވިއްސާރަ މޫސުމެއް ނަމަ ކަކޫތާ ފެނަށް ތިލަފުށީގެ ބައެއް ހިސާބުތަކުގައި އުޅެން ޖެހޭ. ތިލަފުށި 1 އަދި 2 އަކީ ރާއްޖޭގެ އެހެން ރަށްރަށާއި ހިލާފަށް ކުނިން އުފައްދާފައި އޮތް ރަށެއް. ފެންބޮޑުވާ ސަރަހައްދުތަކަކީ މައިގަނޑު ގޮތެއްގައި ކުނިން ހިއްކާފައި ހުރި ސަރަހައްދުތައް. މި ސަރަހައްދު ތަކުގައި ބިންގަނޑު ހަމަ ނުޖެހޭ

ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަަޝްރޫއު ނިންމަން ކޮންޓްރެކްޓް ހަދާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.