އަނެއްކާވެސް ދިވެހި ރާއްޖޭގެ ވީޑިއޯއެއް މީސް މީޑިޔާގައި ވައިރަލްވެ އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިފަހަރުވެސް ވައިރަލްވީ ދުނިޔޭގެ މަޝްހޫރު ނިއުސް ޗެނަލް އޭބީސީން ގެނެސްދިން ވީޑިއޯއެކެވެ.

މީސް މީޑިޔާގައި ވައިރަލްވި ވީޑިއޯގައި ފަތުރުވެރިއަކު ރާއްޖޭގެ ރަށެއްގެ މޫދުގައި ގިނަ އަދަދެއްގެ މަޑިތަކާއެކު ފެންމަތީގައި ފަތާ މަންޒަރު ފެނެއެވެ.

އޭބީސީން އެވީޑިއޯ ޓުވިޓާގައި ޝެއާކުރުމާއެކު އެތައްހާސް ބަޔަކު ވަނީ އެ ވީޑިއޯ ޝެއަރ ކޮށްފައެވެ.

ނަމަވެސް އެ ވީޑިއޯ ނަގައިފައިވަނީ ރާއްޖޭގެ ކޮން ހިސާބެއްގައިކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އޭބީސީން މިމަހުގެ ދެވަނަ ދުވަހުވެސް އާންމުކުރި ރާއްޖޭގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބުނެވެ.  އެ ވީޑިއޯގައި ރާއްޖޭގައި ފަތުވެރިއަކު ބައިވަރު މިޔަރުތަކާއެކީ ފެންމަތީ އޮންނަތަން ފެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.