މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މެލޭޝިއާ އިން މަރުވެފައިވަނީ ސިނާން ނަމަަކަށް ކިޔާ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ މަރުވިގޮތުގެ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. 

މިމީހާގެ މަރުވެފައިކަން ފޮރިން މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅިގެން އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއެވެ. 

މެލޭޝިއާއަކީ އާންމު ގޮތެއްގައި ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލް ކުރުމަށާއި، ވިޔަފާރިކުރުމަށާއި, އަދި ބޮޑު ޗުއްޓީފަދަ ޗުއްޓީ ދުވަސްވަރު ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ގިނައިން  ދަތުރުކުރާ އެއްގައުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.