އެއާޕޯޓު ތަކުގެ ސެކިއުރިޓީވެސް ވަރުގަދަ ކުރެވިފައި ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. 

އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް ވަނީ އާދައިގެ ލެވެލް އަށްވުރެ އެއް ލެވެލް މަތިކުރެވިފައިކަމަށެވެ. 

މިއީ ކަނޑައެޅިގެން ވަކި ތްރެޓެއް ނުވަތަ ނުރައްކަލެއް އޮވެގެން އެޅުއްވި ފިޔަވަޅެއްނޫން ކަމަށާއި އެލާޓް ސްޓެޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅު އިތުރުކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް އިތުރަށް ވިދާޅުވީ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް މަތި ކުރެވިފައިވާކަމަށެވެ. 

ސިފައިންގެ އާއްމު ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށްއޮވޭ

އެމްއެންޑީއެފްގެ ޔެލޯ2 އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫޢަ އަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވެން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިރެއިން ފެށިގެން ކަނޑުމަތީގެ އުޅަނދު ފަހަރު ހުއްޓުވައި ޗެކް ކުރަމުންގެންދާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އެމްއެންޑީއެފް އެލާޓް މަތިކޮށްފައިވީނަމަވެސް އަދި ޗެކްކުރަމުން ގެންދިޔަނަމަވެސް މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށް ވާތީ އެމްއެންޑީއެފްއިން އެ މައުލޫމާތުގެ ތަފްސީލް ހާމައެއް ނުކުރައްވައެވެ. 

އެމްއެންޑީއެފް އެލާޓުގައި އޮވެގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކަކީ ޤައުމުގެ މަސްލަހަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަކަށްވުމުން އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނަ ކަމަށް ޔަގީން ކުރާކަމަށްވެސް އެ އިދާރާއިން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.