މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގައި ބަޔާންކުރާ "އަހަރީ ރިޕޯޓު" ދައުލަތުގެ އިދާރާތަކުން ތައްޔާރުކުރައްވައި ފޮނުއްވައިދެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ދޭގޮތުގައި ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ މި ރިޕޯޓު ވޭތުވެދިޔަ ފަސް އަހަރު (2014 އިން 2018 އަށް) ދައުލަތުގެ ގިނަ އިދާރާތަކުން ހުށަހަޅައިފައިނުވާކަމަށެވެ. އަދި 2019 ޑިސެމްބަރ 31ގެ ކުރިން، ކޮންމެ އަހަރެއްގެ މައުލޫމާތު ވަކިން އެނގޭނެ ގޮތަށް، ފަސް އަހަރުގެ ރިޕޯޓު ފޮނުއްވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން 2019 އަހަރުގެ ރިޕޯޓު 2020 ޖެނުއަރީ 31ގެ ކުރިން ފޮނުއްވައިދިނުމަށްވެސް ވަނީ ވަނީ އެދިފައެވެ.

އެ ރިޕޯޓުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް

  • މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު
  • އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރަން ޖެހުނީ، މި ގާނޫނުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަން
  • މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު
  • ފީ ނެގުނު އަދަދާއި އެގޮތުން ނެގި ފީގެ ޖުމްލަ
  • މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް
  • މައުލޫމާތު ބެލެހެއްޓުމާ ގުޅޭ ގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން
  • މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި، ހިންގި ހަރަކާތްތަކާއި ކުރި ކަންކަން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.