ވޮޝިޓަންޕޯސްޓުގެ ނޫސްވެރިޔާ ހާޝުގުޖީ މަރާލި މައްސަލައިގައި ފަސް މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.
ސައުދީގެ ޕަބްލިކް ޕްރެސެކިއުޓާ ވިދާޅުވީ، ސައުދީއަރަބިއްޔާގެ ރަސްކަމުގެ ނިޒާމަށް ފާޑު ކިޔައި ލިޔަމުންދިޔަ ނޫސްވެރިޔާ ހާޝުގުޖީގެ މަރާ ގުޅިގެން ފަސް މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށާ އަދި އިތުރު ތިން މީހަކަށް 24 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަވާ ކަމަށެވެ. ނޫސްވެރިޔާ ހާޝުގުޖީ މަރާލާފައިވަނީ އޭނާ ރަށްޓެހިވެގެން އުޅުނު ތުރުކީ މީހަކާ އިންނަންވެގެން ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓެއް ދިޔުމުން ކޮންސިއުލޭޓުގެ އެތެރޭގަ އެވެ.
ހާޝުގްޖީ މަރާލުމުގައި އަމަލީގޮތުން ފަސް މީހުން ބައިވެރިވެފައިވާއިރު، އޭނާގެ މަރުގެ ތުހުމަތުތައް ކުރެވުނު މީހުންގެ ތެރޭގައި ސައުދީގެ ރޯޔަލް އެޑްވައިޒާ ސައުދް އަލް ހަތާނީ ވެސް ހިމެނެއެވެ. އޭނާ މިކަން ދޮގުކޮށްފައިވާއިރު، ތަހުގީގުން އޭނާގެ ވާހަކަތަކަކީ ތެދުކަން ވަނީ ސާބިތުވެފަ އެވެ.
ހާޝުގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. މިމަރުގެ މައްސަލައިގައި ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއަށް ވެސް ތުހުމަތު ކުރެވުނެވެ.