ލޯބިވާ މަންމާއެވެ.
އަހަރެން މިސިޓީ މިލިޔަނީ، ސިޓީ ފެނިފައި މަންމަމެނަށް ކުރާނެ އަސަރު ވިސްނޭހާލު ބަރު ހިތަކައިގެންނެވެ. އަހަރެން މަންމަ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އަދިވެސް އުފަންވުމުގެ ފުރުސަތު ލިބިއްޖެނަމަ އުފަންވާން ބޭނުންވަނީ، މަންމަގެ ދަރިއެއްގެ ގޮތުގައި މި އާއިލާ އަށެވެ. ނަމަވެސް އެއީ ލިބޭނެ ފުރުސަތެއް ނޫންކަން އެނގެއެވެ.
މަންމާއެވެ! މިއީ އެއްގޮތަކަށްވެސް އަހަރެން ކުރަން ބޭނުންވިކަމެއްނޫނެވެ. އަހަރެންގެ ކޮންޓްރޯލްގެ ދަށުން ކަންކަން ނެއްޓި، މިގޮތަށް މިކަން ކުރަން ހާލަތު މަޖުބޫރުކުރީއެވެ.
މިކަމުން އަރައިގަންނަން އަހަރެންނަށް ކުރެވެން އޮތްހާ މަސައްކަތެއް އަހަރެން ކުރީމެވެ. ނަމަވެސް "ކުރެވެން އޮތްހާ" މަސައްކަތުން ނުފުދުނީއެވެ. މިހަނގުރާމައެއްގައި އަހަރެން އުޅޭތާ 13 މަސް ވީއެވެ. ދެން އިތުރަށް މިކަންކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.
އަހަރެންގެ ހާލަތު މަންމައަށް އަދި ބައްޕައަށް ވެސް ނުފެނުނެވެ. މިކަމުގައި އަހަރެން ތިޔަ ދެމީހުން ކުށްވެރިއެއް ނުކުރަމެވެ.
އަހަރެންގެ ވޭން އެންމެ ބޮޑަށް އިހުސާސްކުރެވުނީ ކޮއްކޮ ޑޭވިޑަށެވެ. ނަމަވެސް ޑޭވިޑްއަކީ މިކަންކަން އެންމެ ރަގަޅަށް ވިސްނޭވަރަށް ވުރެ ހަގު ކުއްޖެކެވެ.
މަންމާއެވެ! މަންމައާއި ބައްޕަ އަހަރެންދެކެ ލޯބިވާކަން ހާމަކުރުމަށް ވަރަށް ގިނަ ކަންތައް ކުރިއެވެ. ނަމަވެސް އަހަރެން ދެކެ ލޯބިވީކަމުގެ އިހުސާސެއް އަހަރެންނަކަށް ނުކުރެވެއެވެ.
އަހަރެން ބޭނުންވާ ވަރަށް ވުރެ އިތުރަށް އެއްޗެހި ހޯދާދިނެވެ. އަހަރެންގެ ރައްޓެހިން ނަންވެސް އަޑުނާހާ ތަންތަނަށް ޗުއްޓީއަށް ގެންދިޔައެވެ. މިހުރިހާ ކަމަކާއި އެކުގައިވެސް އަހަރެންގެ ހިތްވަނީ ލޯތްބަށް ބޭނުންވެފައެވެ. އަހަރެންގެ ގޮތުގައި އަހަރެންދެކެ ލޯބިވާނެ މީހަކު އަހަރެން ބޭނުންވިއެވެ. އަހަރެންގެ ރޫހުގެ އެންމެ ފުނަށް ގޮސް އަހަރެން އިހްސާސްކުރަމުންދާ ހުސްކަން ވިސްނޭނެ މީހަކު ބޭނުމެވެ. މަންމަ އަހަރެންނަށް ގަނެދިން މާއްދީ ތަކެތި މިކަމަކަށް ނުފުދެއެވެ. އާއިލާގެ އެންމެން އެކުގައި ހީ ސަމާސާކޮށް ހަދާއިރުވެސް އިހްސާސްވަނީ އެކަނިވެރި ކަމެވެ. މިހެން އުޅެމުން ދަނިކޮށް ކަންތައްވީ ހީވެސް ނުކުރާ ގޮތަކަށެވެ.
މަންމަގެ ބޭބެ، އަހަރެންގެ ބޮޑުބޭބެ އަހަރެމެނާއި އެކުގައި ދިރިއުޅެން އައުމާއިއެކު އަހަރެން ހީކުރީ މިހާ ގިނަ ދުވަހު އަހަރެން ކުރި އިންތިޒާރަށް ނިމުން އައީ ކަމަށެވެ. އަހަރެންނަށް އެކުވެރިއަކު ލިބުނީއެވެ. މަންމައާއި ބައްޕަ އަށް އަހަރެންގެ އެކަނިވެރިކަން ފާހަގަ ނުކުރެވި އެހެން ކަންކަމުގައި މަސްޢޫލްވެގެން އުޅުން އިރު އަހަރެންގެ ކައިރީގައި ހުރީ ބޮޑު ބޭބެއެވެ. ކުރިން އަހަރެން ވާހަކަ ދައްކަން ހުރި ޓެޑީބެއަރ ތަކާއި ޓެބްލެޓް ގެ ބަދަލުގައި ބޮޑުބޭބެއާ ވާހަކަ ދެއްކުމުގެ ފުރުސަތުލިބުނެވެ.
އަހަރެން ބޮޑުބޭބެއަށް އިތުބާރު ކުރީމެވެ ނަމަވެސް ބޮޑުބޭބެ އަހަރެންގެ މައުސޫމްކަމުގެ ފައިދާ ނެގީ ފިތް ކަނޑައިގެންދާފަދަ ގޮތަކަށެވެ.
މަންމާއެވެ! މަންމަގެ ބޭބެ، 3 އަހަރުވަންދެން އަހަރެން ރޭޕްކޮށް ޖީންސީބޭނުމަށް ގެންގުޅޭ ކުޅޭ އެއްޗަކަށް ހަދާލިއެވެ. މަންމަ ނޫނީ ބައްޕައަށް މިކަން ފާހަގަވާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރަމުން ދިޔައިމެވެ. ނަމަވެސް އެކަކަށް ވެސް މިކަމުގެ ހިލަމެއްނުވެ ހުއްޓާ ބޮޑުބޭބެ އަހަރެމެންގެ ގެއިން ނިކުމެގެން ދިޔައީއެވެ.
ބޮޑުބޭބެ ދިއުމުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ. މަންމަ އާއި ބައްޕަގެ ލޯތްބަށް އަހަރެންގެ ހިތުން ހުސްކޮށްފައިވާ ޖާގަ ފުރާލީ ބޮޑުބޭބެގެ މުޑުދާރު ޢަމަލުތަކުންނެވެ. އަހަރެން އެކަމަށް ޝަކުވާއެއް ނުކުރަމެވެ. ސަބަބަކީ ބޮޑުބޭބެއާއި ވަކިވާން ބޭނުން ނުވާތީއެވެ. ނަމަވެސް ބޮޑުބޭބެ ކެނެޑާއިން ފުރައިގެން ދިއުމުގެ ހިތަށް ލިބުން އެކަނިވެރިކަން އެއީ އަހަރެންނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ސްކޫލުގައި އަހަރެންގެ މަރކްސް ދިޔައީ ދަށްވަމުންނެވެ. މިހިސާބުންވެސް މަންމަމެން އަހަރެންނާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ގެއަށް ޓިއުޝަން ޓީޗަރަކު ގެނައުން
ވީ، މީގެ ދެތިން މިނިޓް ފަހުން އަހަރެން ކުރަން މިއުޅޭކަންތައް ކުރަން އެންމެބޮޑު ބާރެއް ލިބުން ކަމަށެވެ.
ޓިއުޝަން ޓީޗަރު ފެންނަ ކޮންމެފަހަރަކު އަހަރެން ބޮޑުބޭބެ މަތިން ހަނދާންވެއެވެ. ގޮސް ޓީޗަރުގައިގާ ބައްދާލާ، ބޮޑުބޭބެ ނެތުމުން ލިބިފައިވާ ހުސްކަން ފުރާލަން ބޭނުންވެއެވެ.
މަންމާއެވެ! އަހަރެން މިކަން ކުރަން ޖެހުނީ އަހަރެން އެކަނިވެރިވެފައިވާތީއެވެ. އަހަރެން އެކަނި ކޮޓަރީގައި ކުރަނީ ކީއްތޯ އެންމެ ފަހަރަކުވެސް ވިސްނާލިން ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް އައިސް އަހަރެންނާއި ވާހަކަ ދައްކާލާ އެކުގައި ވަގުތު ހޭދަ ކޮށްނުލެވުނީ ކީއްވެހެއްޔެވެ؟
އަހަރެން މަންމަކައިރީގައި ބުނަންބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ނަމަވެސް މަންމައަށް އިތުރު ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތުގައިވާ ވާހަކަތައް އަހަރެންގެ ހަށިގަނޑާއި އެކުގައި ވަޅުލެވިގެންދާން ދޫކޮށްލާށެވެ.
ނަމަވެސް އަހަރެން މި އިހުސާސް ކުރާ ކަންތައް ކޮއްކޮ ޑޭވިޑަށް އިހުސާސްވިޔަ ނުދޭށެވެ. މަންމަގެ ރައްޓެހިންގެ ތެރެއިންވެސް ދަރިން ތިބި މީހުންކައިރީގާ ބުނާށެވެ. އެމީހުންގެ ލޯބިވާ ދަރިންގެ ދިރިއުޅުމުގައި ކަންތައް ވަމުންދާގޮތް ވަގުތު ފާއިތު ވުމުގެ ކުރިން ބަލާށެވެ.
ލޯބި ދިނުމުގެ ނަމުގައި ގިނަ ބެލެނިވެރިން ކުރާ ކަންތަކަކީ އަހަރެމެން ފުރާވަރު ކުދިން ބޭނުންވާ ކަންތަކެއްނޫނެވެ.
މަންމައަށް މިސިޓީ ފެނުމުގެ އެތައް ގަޑިއިރު ކުރިން އަހަރެން ވާނީ މަރުވެފައެވެ.
އެކަމަކު އުފާކުރާ ކަމަކީ، ޑޭވިޑް މަންމަމެނާއި އެކުގައި ހުރީމައެވެ. އަހަރެންދެކެ ވާ ލޯބިވެސް ޑޭވިޑްއަށް ދޭށެވެ.
އަހަރެންގެ ބޭންކްގެ ތަފްސީލްތަކާއި ފޯން އަދި ލެޕްޓޮޕްގެ ޕާސްވޯޑް މަންމަގެ ރީތިވާމޭޒު ވަތްގަނޑުގައި ކަރުދާސް ކޮޅެއްގައި ލިޔެފައި އޮންނާނެއެވެ.
މަންމަ ވަރަށް ހަނދާންވާނެއެވެ. އަހަރެންގެ އަތުގައި މިއޮތް ފުޅީގައި މިހުރި އެއްޗެއް އަހަރެންގެ އަނގައަށް ހުސްކޮށް މިލަނީ މަޖުބޫރުން އެހެން އިތުރު ގޮތެއް ނެތިގެންނެވެ.
ބައްޕައާއި ޑޭވިޑް ދެކެ އަހަރެން ވަރަށް ލޯބިވާ ވާހަކަ ބުނެދޭށެވެ. ފައްޅީގައި ކިޔާ ދިގު ދުޢާތައް ހަނދާންވާނެކަމަށް ފައްޅީގެ ބޮޑުމީހާކާރި ބުނާށެވެ. އަދި އަހަރެންނާއި މެދު ހިތްސާފު ކުރުމަށް ރައްޓެހިން ކާރިވެސް ބުނެދޭށެވެ.
މަންމަ އަށް އަލްވަދާޢު
(މި ކުއްޖާއަކީ ކުޑަ ކުއްޖެއްކަމުން މިކުއްޖާގެ ވަނަވަރު ހާމައެއް ނުކުރެއެވެ)