އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދްމަތްދޭން މިއަދު ފަށާާފިއެވެ. ރާއްޖޭގައި މުޅިން އަލަށް އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ފެށިއިރު، މިއީ 35 ޑިގްރީގެ ހޫނުމިން ހުންނަ ފެންގަނޑެއްގައި ކުރާ ކަސަރަތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ، މި ހިދުމަތް ލިބޭނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން ބަލި މީހާގެ ހާލަތަށް ބެލުމަށްފަހު ޚިދްމަތްދޭން އެންމެ އެކަށީގެންވާ މީހުންނަށް ކަމަށެވެ.

މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ޚިދުމަތެކެވެ. ޑޮކްޓަރުން ސިފަކުރައްވަނީ، ހައިޑްރޯތެރަޕީގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. 



0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.