ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ފެ މެންބަރުކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހް، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން ރައީސް ޞާލިހްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ޝުޖޫން މުހައްމަދަށް ލައިދެއްވުމުގެ ރަސްމިއްޔާތުގައި ވަނީ ޖޭއެސްސީގެ މެންބަރުކަމަށް އެކަމަނާ އައްޔަނުކުރެއްވި ކަމުގެ ލިޔުން ރައީސް ޞާލިހްގެ އަތްޕުޅުން އެކަމަނާއަށް އަރުވައިފައެވެ.

ޢައިޝާ ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރ 04 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.