މާލޭގެ ގޭގޭގައި ކެފޭ އުސޫލުން، ވިޔަފާރީގެ މަންފާ ވެސް ލިބޭ ގޮތަށް، ހިންގާ މަސްތުވާ ތަކެތީގެ ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން އިތުރު ދެގެޔެއް ބަލައި ފާސްކޮށް، 19 ފިރިހެނަކާއި ތިން އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަންގައި އެވަރެސްޓް އާގެ ފާސްކޮށް، ދިވެހި ދެ އަންހެނުންނާއި ދިވެހި އަށް ފިރިހެނުން އަދި ބަންގްލަދޭޝް ފިރިހެނަކާ އެކު ޖުމުލަ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ޏަމްޏަމްގެ ބަލައި ފާސްކޮށް، އެގެއިންވެސް ދިވެހި އަންހެނަކާއި ދިވެހި ނުވަ ފިރިހެނުންނާއެކު ޖުމްލަ 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ދެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންދިޔައީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި މިދެގެ ބަލައި ފާސްކުރި އިރު ދެގެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.