އައްޑޫ ސިޓީ އާއި 416 ކިލޯމީޓަރު ދުރުން ކަނޑު އަޑިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު 07:21 ގައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ވިދާޅުވީ ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައިވަނީ 5.3 މެގްނެޓިއުޑްގައި ކަމަށެވެ. ނަމަވެސް އެމެރިކާގެ ޖިއުލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ 4.9 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ކާލްސްބާގް ރިޖް އަށް އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.