މިއަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުންފުންޏަކަށްދޭ "ބިޒްނެސް އޮފް ދަ ޔިއަރ" އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

އެކުންފުނިން އެ އެވޯޑް ކާމިޔާބުކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގަ އެވެ.

އަހަރުގެ އެންމެ މޮޅު ކުންފުނީގެ އެވޯޑު އުރީދޫއިން ކާމިޔާބުކުރިއިރު، އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ކާމިޔާބުކުރި ދެ އެވޯޑެއް މިއަހަރުގެ އެވޯޑް ނައިޓުގައިވެސް ދިފާއުވެސް ކޮށްފައެވެ. އެއީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑެވެ.

މީގެ ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީން އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމުގެ އެވޯޑު ވެސް ލިބުނީ އުރީދޫއަށެވެ. މިއީ މުޅިން އަލަށް ތަޢާރަފްކުރި އެވޯޑެކެވެ. އެ އެވޯޑު ލިބުނީ ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާއި ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ސްމާޓް ސިޓީސް ޕްރޮޖެކްޓަށެވެ.

އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ކާމިޔާބީގެ ފަހަތުގައި ތިބީ އެކުންފުނީގެ ހީވާގި މުވައްޒަފުންކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތައް ނިޔާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑްސް 2019 ގައި ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

ބިޒްނަސް އެވޯޑްސް އަކީ، މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބާއްވާ އެވޯޑް ހަފްލާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.