އާލިއާ ރާއްޖޭގެ ރިޒޯޓެއްގައި -- ފޮޓޯ: އިންސްޓަގްރާމް

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ އާލިއާ ބާޓް އަނެއްކާވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އާލިއާ މިފަހަރު ރާއްޖެ އައިސްފައިވަނީ އޭނާގެ ދައްތަ ޝަހީން ބަޓް އަދި ރަހުމަތްތެރިޔާ އަކަންޝާ ރަންޖަން ކަޕޫރުއާއެކުއެވެ.

އާލިއާ އޭނާގެ ދައްތަ އަދި ރަހުމަތްތެރިންނާއެކު ރާއްޖޭގެ ރިޒޯޓެއްގައި މަޖާ ވަގުތުތައް ހޭދަކުރަމުންދާ ވީޑިއޯ ތަކާއި ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާ އެޕްލިކޭޝަން އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އެގޮތުން، ޗެވަލް ބްލަންކް ރަންދެލި ރިޒޯޓުގެ ކޮޓަރީގައި އިނދެގެން ކޮފީ ބޯ މަންޒަރު އާލިއާގެ އިންސްޓަގްރާމް ސްޓޯރީއަށްވެސް އޭނާ ވަނީ ލާފައެވެ.

އާލިއާގެ އިތުރުން އަކަންޝާ އާއި އަނުޝްކާވެސް އަންނަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯތައް އިންސްޓަގްރާމަށް ލަމުންނެވެ.

އާލިއާ ވަނީ މީގެ ކުރިންވެސް ރާއްޖެ އައިސްފައެވެ. 2016 ވަނަ އަހަރުގެ ތެރޭގައި އާލިއާގެ މަންމަގެ 60 ވަނަ އުފަންދުވަސް ފާހަގަކުރުމަށް މުޅި އާއިލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވެއެވެ.

އާލިއާ އަންނަނީ މިވަގުތު ގިނަ ފިލްމް ތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ލޯބިވެރިޔާ ރަންބީރް ކަޕޫރް އާއެކު "ބްރަމަސްތްރާ" ގައި އާލިއާ އެކްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.