ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން -- ފޮޓޯ: އެމް.ޓީ.ސީ.ސީ

ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، ލެވެލް ކުރުމާއި ސާރވޭ ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމް.ޓީ.ސީ.ސީ އިން ވަނީ ބުނެފައެވެ.

ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 4500 ކިއުބިކް މީޓަރުގެ ސަރަޙަދެއްގެ ނެރު ފުންކުރުމާއި 3000 އަކަ މީޓަރުގެ ސަރަހައްދެއްގައި ރީއެންފޯސް ކޮންކްރީޓް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި، 180 ފޫޓުގެ މަގަތުފާލަމަކާއި މުދާ ބަހަށްޓާ ބޮޑު ގުދަންތަކާއި އަދި 1200 އަކަފޫޓުގެ އޮފީސް ޢިމާރާތެއްވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މިއީ 15 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.