މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް 14.9 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެމިނިސްޓްރީ އިން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް 1.53 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީވެސް ޗައިނާ އިންނެވެ. އެގޮތުން އެގައުމުން 267،875 ފަތުރުވެރިން އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން އިންޑިއާ އިން ރާއްޖެއަށް 145،047 ފަތުރުވެރިން އައިސްފައިވެއެވެ.. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ޖަރުމަނު ވިލާތުން 120،168 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިޓަލީ އިން ރާއްޖެ އައިސްފައިވަނީ 115،049 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރު ތެރޭގައި ރާއްޖޭގައި 130 އާ ފެސިލިޓީ އިން ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.