މަސްތުގެގެ ހާލަތުގައި، މަގުމަތީގައި ބައެއް މީހުން ބިތް ޖެހެނީ ބާރުގަދަ ޑްރަގަކުން ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބިތްޖެހިފައި ތިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފައިވާއިރު އެފަދަ މީހުންގެ ވީޑީއޯވެސް މީސް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.

ޑްރަގް އެންފޯސްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު އޮންލައިން ނޫސް "ސަން"އަށް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެކަން އެގޮތަށް ހިނަގަނީ މިދުވަސްކޮޅު ބާރުގަދަ އާ ބާވަތެއްގެ މަސްތުވާތެކެއްޗެއް ދައުރުވަމުންދާތީކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި، އެކަންތައް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި ކޭފޭގެ އުސޫލުން މަސްތުވަމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދެމުން އަންނަ ފަސް ގެއެއް ބަލާ ފާސްކޮށް، ޖުމްލަ 37 މީހަކު ހައްޔަރު ކުރި އެވެ. އަދި މ. ލޮނުމިދިލުގެ ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށް، ބައި ލައްކައެއްހާ ރުފިޔާ ވަނީ ހޯދާފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.