ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ހައިކޯޓުން ކުށްވެރިކޮށްފިއެވެ.
ހައިކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއިމ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހައިކޯޓުން ވިދާޅުވީ ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައި ވަނީ ޗުއްޓީއަށް ކ.މާފުއްޓަށް ވަޑައިގެން ހުންނަވަނިކޮށް ކަމަށެވެ.
މަރުގެ އިންޒާރު ދިނީ ފަނޑިޔާރު ޝުޖާއު މާފުށީ މެޖިސްޓްރޭޓު ކޯޓުގެ މުވައްޒަފުންތަކަކާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް ދިޔަ މީހެއް ކަމަށާއި، އޭނާ ވަނީ ފަނޑީޔާރު ޝުޖާއު އަށް ހަމަލާދީ މަރާލާނެ ކަމަށް ބުނެފައެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅައިފައެވެ.