"ބްރެނިއާ ކޮއްޓެފަރު"ގެ ނަމުގައި އަންނަ މަހު ރ. އަތޮޅުގައި ފަސްތަރީގެ އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެ ރިސޯޓު ހުޅުވައި ފަތުރުވެރިން ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރަސްމީކޮށް އެ ރިސޯޓު ހުޅުވާނީ އަންނަ މާރިޗު މަހުގެ ތެރޭގައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފަސްތަރީގެ މި ރިސޯޓުގައި ބީޗް ވިލާ އާއި ވޯޓާ ވިލާ އާއި ގާޑެން ވިލާ އަދި ރެސިޑެންސް ވިލާ ހިމެނޭހެން ޖުމްލަ 193 ވިލާ ހުންނާނެއެވެ

މީގެ އިތުރުން އިންޓަނޭޝަނަލް ކުޒީންތަކަށް ޚާއްސަ ރެސްޓޯރެންޓަކާއި އޭޝިއާގެ ކުޒީންތަކަށް ޚާއްސަ ރެސްޓޯރެންޓެއްގެ އިތުރުން ބާބެކިއު ކުޒީން ރެސްޓޯރެންޓެއް މި ރިސޯޓުގައި ތަރައްޤީ ކުރެވިފައިވެއެވެ.

މި ރިސޯޓުގައި ފެންވަރު ރަނގަޅު މޫދު ކުޅިވަޅުގެ ސެންޓަރަކާއި ޓެނިސް ކޯޓަކާއި، ކިޑްސް ކްލަބެއްވެސް ހުންނާނެއެވެ.

އަންނަ މަހު ރ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވާއިރު، މި ރިސޯޓާއެކު އެ އަތޮޅުގައި ޖުމްލަ 13 ރިސޯޓެއް އޮންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.