އއ.އުކުޅަހަށް ސްޓެލްކޯގެ ފަރާތުން އައު ޖެނަރޭޓަރެއް ގެންގޮސްފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އުކުޅަހަށް ފޮނުވާފައިވަނީ 600 ކިލޯ ވޮޓްގެ ޖެނަރޭޓަރު ސެޓެކެވެ. މި ޖެނަރޭޓަރު ސެޓު އެ ރަށަށް ބޭލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި، ވަރަށް އަވަހަށް ކޮމިޝަން ކުރެވި ބޭނުންކުރެވެން ފެށޭނަކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އއ. އުކުޅަހަށް ފޮނުވާފައިވާ 600kW ގެ ޖަނަރޭޓަރު ސެޓް އެރަށަށް ބޭލުމުގެ މަސައްކަތް ކުރިޔަށްދަނީ. މި ޖަނަރޭޓަރު ކޮމިޝަން ކުރެވި ބޭނުން ކުރަން ފެށުމާއެކު، އުކުޅަހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، އެކަމުގެ ފަސޭހަތައް އުކުޅަހު ރައްޔިތުންނަށް ލިބިގެންދާނެ. pic.twitter.com/qEIL2ovckj
— STELCO (@STELCOMALDIVES) February 6, 2021
އާބާދީގައި 1،000 އަށްވުރެ ގިނަ މީހުން ހިމެނޭ އުކުޅަހަށް އާންމު ގޮތެއްގައި 550 ކިލޯ ވޯޓްގެ ކަރަންޓު ބޭނުންވެއެވެ. އެ ރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލަށް ގެންދެވުނު ޖެނަރޭޓަރު ތަކާއެކު އުކުޅަހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، އެކަމުގެ ފަސޭހަތައް އުކުޅަހު ރައްޔިތުންނަށް ލިބިގެންދާނެއެވެ.