ކެފޭ ހިންގާ އުސޫލުން ވެރިރަށް މާލޭގައި މަސްތުވުމަށް ހާއްސަ ކޮށްގެން ހަދާާފައި ހުރިތަންތަން ނުވަތަ އާއްމު ނަމުންނަމަ "ކްރެކް ހައުސް" ވުޖޫދަަށް އައީ އިއްޔަ ނުވަތަ މިއަދުތޯ ސުވާލު އުފެއްދުން ރަނގަޅެވެ. ރާއްޖޭން ބޭރުގައި މީ އާންމު ކަމެއް ނަމަވެސް މިއީ މިފަދަ ކަމެއް ދިވެހިންގެ ތެރެއަށް ތިލަވި ފުރަތަމަ ފަހަރެެވެ. 

ގަބޫލު ކުރަންޖެހޭ ހަޤީގަތަކީ ހައި ސެކިއުރިޓީ އާއިއެކު މިފަދަ ޚިދުމަތެއް ދޭން ފެށުނީ އިއްޔަ ނުވަތަ މިދިޔަ އަހަރު ނޮވެމްބަރު މަހު 17 ގެ ފަހުން ނޫންކަމެވެ. މިވަރުގެ ޚިދުމަތެއް ދޭން ކެރޭނީ ބައެއްގެ ހިމާޔަތް ލިބިގެން ކަމެވެ. މަސްތުވާތަކެތި ވިޔަފާރި ކުރާ އުސޫލުން ކެފޭ ހިންގާ އުސޫލުން މި ޚިދުމަތް ދިން ލޮނުމިދިލިގެއަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ވިއްކާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ފުލުހުން އެތައް ފަހަރަކު މަތިން ރެއިޑް ކޮށްފައި ގެއެކެވެ. ނަން މަޝްހޫރު މިގެއަކީ ސިޔާސީ ގޮތުން ކޮންފިކުރަކަށް ތާޢިދު ކުރާ ބައެއް ކަން ނޭނގޭ ބައެއް ނުހުންނާނެއެވެ. ރައީސް ޔާމީން 2018 ޖެހި ޓީޝާޓު ލައިގެން ކެމްޕެއިން ކުރީ ސަފުގައި ތިބީ ކޮންބައެއް ކަން ނޭނގޭ މީހަކު މަދުވާނެއެވެ. އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނާއި އެކު މިމީހުން އުޅޭ ކަމުގެ ފޮޓޯ ތަކާއި އަޑުތަކަކީ އާ ވާހަކަ ތަކެއް ނޫނެވެ. 

ކުރިން މަގުމަތީގައި ބިއްޖެހިފައި ތިބި ޒުވާނުން ނުފެންނަނީ ކީއްވެތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދައެވެ. މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރުކުރާތީ ތޯ ނުވަތަ މަސްތުވާތަކެތި އޭރުގައި ބޭނުންކުރާ މީހުން ނޫޅޭތީ ތޯއެވެ. ހަގީގަތަކީ އޭރުގައި މަސްތުވުމަށް ބޭނުން ކުރާތަންތަން ހިންގި މީހުން އެމީހުން މަގުމައްޗަށް ނިކުންނަން ދޫކޮށްލިނަމަ އަގު ވެއްޓޭނީ އެމީހުން ތާޢީދު ކުރާ ރައީސް ޔާމީނުގެ ސަރުކާރު ކަމެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އެމީހުން އޭރުގައި އެތަނުގައި ބަހައްޓަން މަޖުބޫރު ވަނީއެވެ. ކުރިން މިމަންޒަރު ނުފެންނަނީ މިހެން ކަމުގައި ބެލެވުމަކީ އެކަށީގެންވާ ކަމެވެ. ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި މިއަދު މަސްތުވުމަށް ބޭނުންކުރާ ތަންތަނުން މީހުން މަސްތުގެ ހާލުގައި ކުރާ ކަމެއް ކޮށް ނިމިގެން ނިކުންނަން މަޖުބޫރު ކުރަނީ އަދުގެ ސަރުކާރުގެ އަގު ވައްޓާލުމުގެ ނިޔަތުގައޭ ބުނެވިދާނެ ޖާގަ އެބަ އޮތެވެ. މި ތަންތަނުގެ  ފާރުގައި ލިޔެފއި ހުރި މެސެޖުތަކުގައި ކުރާ ކަމެއް ކޮށް ނިމިގެން ނިކުތުމަށް މަޖުބޫރު ކުރުމުގެ ހަގީގީ މަގުސަދަކީ މިއީ ކަމަށް ބުނެވިދާނެއެވެ. މިގޮތަށް ކަން ކުރުމުން ރައްޔިތުންނަށް މަގުމަތިން ފެންނާނީ ބިއްޖެހިފައި ތިބި މަސްތުގެ ހާލުގައި ތިބި ޒުވާނުންނެވެ. ކުރިން ފަރުދާގެ ފުރަގަހުގައި ހިންގަމުން އައި "ކްރެކް ހައުސް"ތައް ބަންދު ކުރުމުގެ އަމަލީ މަސަައްކަތް ފެށީ އަދުގެ ސަރުކާރުންނެވެ. 

ފުލުހުން ރެއިޑް ކުރި ލޮނުމިދިލިގޭ ފޮޓޯއެއް ފޮޓޯ: ރާއްޖެ.އެމް.ވީ

ކުރިން މިމަންޒަރު ނުފެންނަނީ މިތަންތަން ކުރިން ހިންގަމުން ދިޔައީ ފަރުދާގެ ފުރަގަހުގައި ވަގަށް ކަމަށްވާތީއެވެ. އަދި އޭރުގައި މަގުމަތިން ބިއްޖެހިފައި ތިބި ޒުވާނުން ނުފެންނަނީ އެމީހުން މަގުމައްޗަށް މަސްތުގެ ހާލުގައި ނިކުތަ ނުދޭތީ ކަން ކަށަވަރެވެ. އަދުގެ ސަރުކާރުން މިވަނީ އެތަށް ދުވަހެއް ވަންދެން ވަގަށް ކުރި މި ވިޔަފާރި ފަޅާ އަރުވާލާ އެތަންތަން ރެއިޑްކޮށް މިކަމުގައި ޝާމިލުވާ ފަރާތްތަށް ހައްޔަަރު ކުރަން ފަށާފައެވެ. 

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތަށް ބަންދުކުރުމަކީ އެމްޑީޕީގެ 2008 ވަނަ އަހަރުގެ ވައުދެކެވެ. އޭރުވެސް އެމްޑީޕީ ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެތަކެއް މަސައްކަތްތަކެއްކޮށް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެ ކުރާ ބޮޑު ނެޓުވޯކުތަކެއްގެ ވާހަކަ ފެންމަތި ކޮށްފައެވެ. ފުލުހުން ވަނީ އޭރުގައި އެތަކެއް ތަނެއް ފާސްކޮށް އެ ނެޓުވޯކުތަކުގެ މައުލޫމާތު މީޑިއާއަށް ދީފައެވެ. 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވެއްޓުމުގެ ސަބަބުން މީގެން އެއްވެސް ނެޓުވޯކަކަށް ފިޔަވަޅު ނޭޅި މިއަދު މިއޮތީ ބޮއްސުން ލައިގެން ގޮސްފައެވެ. މިއީ ބަޔަކު ރާވައިގެން ހިންގާ ސިޔާސީ ޖަރީމާއެއްކަން ކަށަވަރެވެ. ކުރިން މިމަންޒަރު ނުފެނުނީ އެހެންވެތާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.