ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އާއިލާއާއެކު އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ 36 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް އޭނާގެ ސަޕޯޓަރުންނަށް މާނަފުން މެސެޖެއް ދީފިއެވެ.

ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާގައި 36 ވަނަ އުފަންދުވަހު ހިއްސާކުރި މެސެޖުގައި ބުނެފައި ވަނީ ފާއިތުވެދިޔަ 20 އަހަރު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ސަޕޯޓަރުން ހިތް އުފާ ކޮށްދެވޭ ވަރުގެ ކުޅުމެއް ދެއްކުނު ކަމަށް އުންމީދުކުރާ ކަމަށާއި، ނަމަވެސް އިތުރު 20 އަހަރު ކުޅެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާ ކުޅެން އަރާ ކޮންމެ މެޗެއްގައި 100 ޕަސެންޓު ކުޅުން ދައްކާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭ ކަމަށާއި، ކުރިޔަށް ހުރި އަހަރުތަކުގައި ވެސް އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ 36 އަހަރު އޭނާއަށްވީ ކަމުގައި ވިޔަސް އަދިވެސް އެންމެ ފުރަތަމަ ކުޅެންފެށިއިރުގެ ހިތްވަރު އެނާގެ ގައިގައި އެބަހުރި ކަމަށާއި، ކާމިޔާބީތައް ހޯދުމަށް ކެތްމަދު ވެފައި ހުރި ކަމަށެވެ.

ރޮނާލްޑޯ ވަނީ އޭނާގެ މެސެޖުގައި ސަޕޯޓަރުން އޭނާއަށް ދޭ ހިތްވަރަށް ޝުކުރުއަދާ ކޮށްފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ސަޕޯޓަރުން ހިތްހަމަ ޖެހޭނެ ފަދަ ކުޅުމެއް ދައްކާނެ ކަމުގެ ޔަގީން ކަން އޭނާ ވަނީ ދީފައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ސީނިއަރ ކެރިޔަރު ފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލްއަށް ވެސް ކުޅެފައެވެ. އަދި މިހާރު އޭނާ ކުޅެމުން އަންނަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑޯ އެވޯޑު ފަސް ފަހަރު ހޯދައިފައެވެ. އަދި ރަން ބޫޓު ހަތަރު ފަހަރު އޭނާ ވަނީ ހޯދައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.