ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ހަސަން ގާސިމްގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހާ، އޭނާ މަރާލި ކަމަށް އިއުތިރާފުވެއްޖެއެވެ.

ގާސިމް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް މަރާލި މައްސަލާގައި ރޭ ހައްޔަރު ކުރި މީހާ ގާސިމް މަރާލި ކަމަށް  އެއްބަސްވެފައިވާކަމަށާއި، އޭނާ އަންނަނީ ތަހުޤީޤަށް އެއްބާރުލުން ދެމުން ކަމަށެވެ.

ޤާސިމްގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާދީފައެވެ.

ސީޕީ ހަމީދު ވިދާޅުވީ، އޭނާ ގާސިމް މަރާލި ރޭ ލައިގެން ހުރި އަންނައުނު، ގާސިމް މަރާލި ސަރަހައްދާއި ދުރުނޫން ހިސާބަކުން ހޯދާފައިވާ ކަމަށެވެ. 

މީގެ އިތުރުން ހަމީދު ވިދާޅުވީ، ޤާސިމްގެ މަރުގެ މައްސަލައިގެ ތަހުޤީޤު އާންމުންނަށް ހާމަކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ގާސިމް މަރާލި މީހާގެ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

އދ. މާމިގިއްޔަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ހުޅުމާލެ އަނދިރިމަގެއްގެ މަތީގައި އަނިޔާވެރި ގޮތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.