އައްޑޫ ސިޓީ މޭޔަރު ސޯބެ -- ފޮޓޯ: ވަގުތު އޮންލައިން

އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތަށް ދާންޖެހުނީ ހާއްސަ ހުއްދައެއްގެ ދަށުން ދަތުރުކުރި މީހެއްގެ ސަބަބުން ބަލި ފެތުރިގެންކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

"ޖަޒީރާ" އާ ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ހިތަދޫއިން ޕޮޒިޓީވްވި 2 މީހުންނަށް ބަލި ޖެހުނީ މާލެއިން ހާއްސަ ހުއްދައެއްގެ ދަށުން ޓްރެއިނިންގއަށް ދަތުރުކުރި މީހެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ސޯބެ ދެއްވާފައެއް ނުވެއެވެ. ހަމައެހެންމެ މިކަމާއި ގުޅިގެން އެޗްއީއޯސީއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެޗް.އީ.އޯ.ސީ އިން މީގެކުރިން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ހިތަދޫ އިން ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ދެ މީހުންނަކީވެސް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެޗް.އީ.އޯ.ސީ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހުޅުދޫމީދޫ އިންވެސް ބަޔަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގ ހާލަތަށް ކުރިން ލާފައިވެއެވެ.

ރާއްޖޭގައި މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ނިންމާފައެވެ.

0
2
3
1
2

މިލިޔުމާއި ގުޅޭ

2 ކޮމެންޓް

  1. ތޭ ރައްދު ވެނީ ކޮވިޑް ގެހިފެއިހިށި މީހަކާއި އެއްމިނިޓް އައް ކޮންޓެކްޓް ވިޔަސް އެބަލި ކޮންޓެކްޓް ވޭމީހާ ވާސިލުވޭހެއް ދެންކޮން ފަސްދުވަސްނިވޭފެހޭ ކަރަންޓީން ވޭއްނިވޭށިޔައު ކޭނީ ރުނޑިއައު ކޭބާކިއަ

  2. ޔޫމެނެނައް ބޭނުން ގޮތެއް ރީދޫ ޓީމުން ހެދިޔަސް ތިބެންނު ޖެހޭނީ ލޮސް އުނދޯލި ހެއްލަން!!!

ކޮމެންޓް

Your email address will not be published.