ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: ތިނަދޫ

ގދ. އަތޮޅުގައި އޮންނަ ފަޅުރަށަކަށް ރައްޓެހިންނާއެކު ދަތުރު ގޮސް އުޅުނު ކުއްޖެއްގެ ބޮލަށް ސީލިންގ ވެއްޓި ހާލު ސީރިޔަސްވެ މާލެ ގެނައުމަށް ނިންމައިފިއެވެ.

މި ވަގުތު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފަރުވާދެމުން ދަނީ ގދ. ގައްދޫ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށެވެ.

''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބް ވިދާޅުވީ، ފިރުޝާނުގެ ބޮލަށް ސީލިންގ ވެއްޓުނީ އެ ސަރަހައްދުގައި ހަދަމުން ދިޔަ ގދ. ލޮނުދޫފުށި ކިޔާ ރަށަކަށް ރައްޓެހިންނާއެކު ދަތުރުގޮސް އުޅެނިކޮށް ކަމަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގދ. ގައްދޫގައެވެ. އިތުރު ފަރުވާ އަށް ތިނަދޫ އަށް ގެންގޮސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އަދި މިހާރު އެ ކުއްޖާގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ލަބީބް ވިދާޅުވިއެވެ. އެގޮތުން، އެ ކުއްޖާގެ ހާލު އިތުރަށް ގޯސްވަމުންދާތީ މާލެ ގެންދިޔުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. މިވަގުތު ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ލަބީބް މައުލޫމާތު ދެއްވިއެވެ.

މިރޭގެ ވަގުތެއްގައި އެ ކުއްޖާ މާލެ ގެނެވޭނެކަމަށާއި އޭޑީކޭ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވޭނެކަމަށްވެސް ލަބީބް ވިދާޅުވިއެވެ. ލަބީބް ވިދާޅުވީ، މިހާދިސާ ހިނގަން މެދުވެރި ސަބަބު ނޭނގޭ ކަމަށެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.