ޕޮޕްކޯންއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް މަގުބޫލު ލުއިކާނާއެކެވެ. ނަމަވެސް މިއީ ސިއްޙަތަށް ގެއްލުންވާ އެއްޗެއްކަން ނުވަތަ ފައިދާކުރާ އެއްޗެއްކަން މިއީ ކުރެވޭބަހުސެކެވެ. މީގައި ދެގޮތްވެސް ރަނގަޅެވެ. ޕޮޕްކޯން ތައްޔާރު ކުރާގޮތުން ޕޮޕްކޯން އަކީ ވަރަށް ފައިދާހުރި ކާއެއްޗަކަށް ވެއެވެ. އަދި ހަމަ އެގޮތަށް މި ތައްޔާރުކުރާއިރު ބޭނުން ކުރާއެހެން ބާވަތްތަކުން މިއީ ގެއްލުންދެނިވި އެއްޗަކަށްވެސް ވެއެވެ.

ޕޮޕްކޯން ހަދަނީ ޒުވާރިންކަމުން މި ހިމެނެނީ ގޮވާމުގެ ތެރޭގައެވެ. ޒުވާރިއަކީ ސިއްޙަތު ރަނގަޅު ހިތަކަށް ވަރަށް ރަނގަޅު ކާނާއެކެވެ. ޒުވާރީގައި ގިނަ އަދަދަކަށް ފައިބަރ، ޕްރޮޓީން، ވިޓަމިން އަދި މިނެރަލް އެކުލެވޭއިރު މީގައި ސަރުބީއާއި ހަކުރު އެކުލެވޭ މިންވަރު ދަށްވެފައި ކޮލެސްޓްރޯލް އެއްގޮތަކަށްވެސް ނުހުންނާނެއެވެ. އެހެން ކަމުން ޒުވާރި އަކީ އޭގެ ޒާތުގައި ވަރަށް މުއްސަނދި ގޮވާމެކެވެ. އެއްވެސް އެއްޗެއް ނާޅާ ޕޮޕްކޯން ހަދާނަމަ މިއީ އެއްމެ ފައިދާގިނަ އަދި ކެއުމަށް ރަގަޅު ކާނާކަމަށް ބުނެވިދާނެއެވެ.

ފައިބަރއަކީ ހަޖަމްކުރުމުގެ ނިޒާމްރަގަޅު ކޮށްދީ، ގަވާއިދުން ބޮޑުކަމު ދިއުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ޕްރޮޓީން އިން ލޭމަނާކުރުމާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމްވަރުގަދަ ކުރުމާއިއެކު ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. މިނެރަލްސްގެ ތެރޭގައި ހިމެނޭ ކެލްސިއަމް އިން ކަށިތައް ވަރުގަދަކޮށްދެއެވެ. ޕޮޕްކޯންގައި ގްލޫޓެން ނުހިމެނޭތީ މިއީ ގްލޫޓެން ނުކެވޭ މީހުނަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ.

ޕޮޕްކޯންއަކީ ކެލޮރީ، ހަކުރު އަދި ސަރުބީ މަދުވެފައި ފައިބަރ ގިނާ ކާނާއެއް ކަމުން، ދުވަހުގެ ކޮންމެވެސް އެއްގަޑިއެއްގެ ކެއުމަކަށް ހަދައިގެން ގަވާއިދުން ކާ ނަމަ ބަރުދަން ލުއިކުރަންވެސް އެހީތެރިވެދޭނެއެވެ. ޑައިޓިޝަނުން ހާމަކުރާގޮތުގައި ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުން ޕާނުގެ ބަދަލުގައި ޕޮޕްކޯން ކާންވީއެވެ. ޕޮޕްކޯންގެ އަނެއް ރަނގަޅުކަމަކީ، މިއީ ރަނގަޅަށް ހަފައިގެން ނޫނީ ނުކެވޭ ކާއެއްޗެއްކަމުން ހަޖަމްކުރުމުގެ މައްސަލައާއި ގޭސްއުފެދުމުގެ ފުރުސަތުކުޑައެވެ. ރީތިކޮށްހަފައިގެހަކުރު ނުވަތަ ލޮނު ނުލާ ހަދާ ޕޮޕްކޯންގެ 78 އިންސައްތައަކީ ކާބޯހައިޑްރޭޓެވެ. އެހެންކަމުން އާދައިގެ މިންވަރަކަށް ކާނަމަ މިއީ ހަކުރުބަލީ މީހުނަށްވެސް ވަރަށް ރަގަޅު ލުއިކާނާއެކެވެ.

ލޮނުއަޅައިގެން ހަދާ ޕޮޕްކޯންގައި ހުންނަ ސޯޑިއަމްގެ ސަބަބުން ލޭގެ ޕްރެޝަރމަތި ވުމަށް މަގު ފަހިވެއެވެ. މައިކްރޯވޭވް ގައި ހަދާޕޮޕްކޯން އަށް ވުރެ ރަނގަޅީ ތަވާގައި ގޭގައި ތައްޔާރުކުރާ ޕޮޕްކޯނެވެ.

ޕޮޕްކޯންގެ ތާރީޚަށް ބަލާލާއިރު މިއީ 5000 އަހަރުވީ ކާ އެއްޗެކެވެ. މިއީ އެމެރިކާގެ އިލިނޮއިސްގެ ރަސްމީ ލުއިކާނާ ނަމަވެސް އެމެރިކާގެ ނިސްބަތުން އެންމެ ގިނަ ޕޮޕްކޯން ހަދަނީ ނިބްރަސްކާގައެވެ. ޕޮޕްކޯން ޔޫރަޕަށް ތަޢާރަފް ކުރިކަމަށް ބެލެވެނީ ކްރިސްޓޮފަރ ކޮލަމްބަސްއެވެ. 1885 ގައި އެންމެފުރަތަމަ ޕޮޕްކޯން މެޝިން އުފެއްދިއިރު ސިނަމާތަކަށް ފިލްމުގެ ޓިކެޓް ވިއްކުމަށްވުރެ ބޮޑުފައިދާ ޕޮޕްކޯން ވިއްކައިގެން ހޯދައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.