އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލައިފިއެވެ.

އެމްޑީއެން ރަސްމީކޮށް އުވާލަން ނިންމާފައި ވަނީ މިއަދުއެވެ.

އެ ޖަމިއްޔާ އުވާލާފައި ވަނީ، އެ ޖަމިއްޔާއާ އުވާލަން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، އެތައް ރައްޔިތުންނަށް ގޮވަމުން އައި ދަނޑިވަޅެއްގައެވެ.

އެ ޖަމިއްޔާ އުވާލިކަން އިއުލާނުކޮށް މިއަދު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޖަމިއްޔާ އުވާލުމަށް ރެޖިސްޓަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ނޮވެމްބަރު ފަހަކުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައުވާ 45 ދުވަހުގެ މުއްދަތު ހިމަވިއިރުވެސް އެ ޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.