ސުޝްމީތާ ސެން އާއި އޭނާގެ ލޯބިވެރިޔާ ރޯމަން ޝޯލް

ބޮލީވުޑްގެ ތަރި އަދި ކުރީގެ މިސް ޔުނިވާރސް ސުޝްމީތާ ސެންގެ ލޯބިވެރިޔާ މޮޑެލް ރޯމަން ޝޯލް މިވަނީ އެދެމީހުންގެ ގުޅުމާއި ގުޅޭ ގޮތުން ދާދިފަހުން ވާހަކަ ދައްކާފައެވެ.

ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަމުން ރޯމަން ބުނެފައިވަނީ އޭނާ އާ ސުޝްމީތާއާ ޑޭޓް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ސުޝްމީތާގެ ދެ ދަރިން ކަމަށްވާ ( ރިނީ އާއި އަލީޝާ) އާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެމީހުން އުޅެމުންދަނީ އެއް އާއިލާއެއް ގޮތަށް ވަނީ ބުނެފައެވެ. އާއިލީ އެކިއެކި ހަފްލާތަކަށްވެސް އެންމެން އެކުގައިދާ ކަމަށާއި އެދެކުދިންގެ ބައެއްގެ ރޯލްވެސް އަދާކުރަމުންދާކަމަށް ރޯމަން ވަނީ ބުނެފައެވެ.

"ބައެއް ފަހަރަށް އަހަރެންނަކީ އެކުދިންގެ ބައްޕައެއް، ބައެއް ފަރަހަށް ރަހުމަތްތެރިއެއް އަދި ސަކަރާތްޖަހާ ފަހަރާއި ރުޅި އަންނަ ފަހަރުވެސް އާދޭ. އަހަރުމެން އުޅެމުންދަނީ އާދައިގެ އާއިލާއެއް ގޮތަށް އެގޮތަށް އުޅެން އަހަރުމެން ހިތްހަމަޖެހޭ"

ރޯމަން ބުނެފައިވަނީ އެދެމީހުން ކައިވެނިކޮށްފިނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ. މިވަގުތު އެމީހުން ދަނީ ސުޝްމީތާގެ ވެބް ސީރީޒްގެ ކާމިޔާބީ ފާހަގަކުރަމުން ކަމަށާއި މުސްތަޤްބަލައި މެދު ވިސްނާނީ ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޯމަން ބުނެފައިވަނީ ސުޝްމީތާ އާ ދިމާވުމުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ކަމަށެވެ. އޭނާ މޮޑެލް ކުރަން ފެށިއިރު ސްޓާރަކަށް ވާން ބޭނުންވި ކަމަށާއި ނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު އެނާ ބޭނުންވަނީ ވިޔަފާރީގެ ތެރެއަށް ވަންނަން ކަމަށެވެ. މޮޑެލް ކުރުގައި ދެމި ހުންނަން ބޭނުންވާ ކަމަށާއި އެއީ އޭނާ އެންމެ ހިތްހަމަ ޖެހޭގޮތްކަމަށް ރޯމަން ވަނީ ބުނެފައެވެ. އަދި މަޝްހޫރު ވުމަކީ މިހާރު އެނާގެ "ވިޝް ލިސްޓް"ގައި އޮތް ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ޝުޝްމީތާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑިޒްނީ ހޮޓް ސްޓާރ އިން ދެއްކި ސީރީސް "އާރްޔާ" އިންނެވެ. ރޯމަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އެރިކާ ފެނާންޑޭޒް އާއި އެކު ވީޑިއޯ ލަވައަކުންނެވެ.

ސުޝްމީތާ އާއި ރޯމަން އާއި ދެމީހުންގެ ދެމެދުގައި އުރުމުގެ ތަފާތަކީ 15 އަހަރެވެ. ސުޝްމީތާގެ އުމުރަކީ 44 އެވެ. ރޯމަންގެ އުމުރަކީ 29 އެވެ. ސުޝްމީތާފެ ދެ ދަރިންނަކީވެސް އެޑޮޕްޓް ކޮށްފައިވާ ދެކުދިންނެވެ.

 

 

1
0
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.