އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރަން ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ. 

ނަމަވެސް މި ނިންމުމަށް އަމަލީ ސިފައެއް އަންނާނީ ނުވަތަ ޓްރަމްޕަށް ރައީސް ކަމުގެ މަގާމު ގެއްލޭނީ ސެނެޓުން މި ހުށަހެޅުން ފާސްވުމުންނެވެ.

ޓްރަމްޕް ރައީސް ކަމުގެ މަގާމުން ދުރުކުރަން ޑިމޮކްރަޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮތް ކޮންގްރެސް އިން ފާސްކުރީ ރައީސްއަށް ލިބިގެންވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެއެވެ.

ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚްގައި ކޮންގްރެސް އިން މަގާމުން ދުރުކުރަން ފާސްކުރި ތިންވަނަ ރައީސް އެވެ. ފުރަތަމަ މަގާމުން ދުރުކުރަން ކޮންގްރެސް އިން ފާސްކުރީ 1868 ވަނަ އަހަރު އެންޑްރޯ ޖޯންސަންގެ މައްޗަށެވެ. 

ބާރުގެ ބޭނުން ނަހަމަގޮތުގައި ޓްރަމްޕް ހިފިކަމަށް 230 މެންބަރުން ވޯޓް ދިންއިރު އެކަމާއި ދެކޮޅަށް 197 މެންބަރުން ވޯޓް ދިނެވެ. ޓްރަމްޕް ކޮންގްރެސްގެ މަސައްކަތައް ހުރަސްއެޅިކަމަށް 229 މެންބަރުން ވޯޓް ދިންއިރު އެކަމާއި ދެމޮޅަށް 198 މެންބަރުން ވޯޓް ދިނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.