މިހާތަނަށް ސީރިއާ އަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން 91 މީހަކު ވަނީ މަރުވެފައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަގައި ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ފަރާތުން މުހައްމަދު ޔަމާން ޖައުފަރު ވިދާޅުވީ، ހަނގުރާމަ އަށް ދިޔަ މީހުންގެ ތެރޭގައި 53 ޕަސަންޓް ފިރިހެނުން އަދި 47 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށާއި އޭގެ ދިރި ތިބީ ނުވަ ޕަސަންޓް ފިރިހެނުންނާއި 91 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

އަދި ހަނގުރާމައަށް ދާ މީހުންގެ ތެރެއިން 48 އިންސައްތަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި، އަދި 39 އިންސައްތަ މީހުންނަކީ ގޭންގްތަކަސް ނިސްބަތްވާ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ، ސީރިޔާއަށް ހަނގުރާމައަށް ގޮސްތިބި މީހުންގެ ތެރެއިން ބަޔަކު ކުރިއަށް އޮތް ހަމަސް ދުވަސް ތެރޭގައި ރާއްޖެ ގެނެއުމަށް ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.