ކޮތަޅު ކޯޓު ލައިގެން ބުރިޖާއި ހައިވޭގައި ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ކޮތަޅު ކޯޓު ލައިގެން ބުރިޖު އަދި ހައިވޭގައި ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، އެއީ އެފަދަ ރެއިން ކޯޓުތައް ވީދައިގެން ގޮސް ކައިރިން އަންނަ ވެހިކަލް ތަކުގައި އެޅި އެކްސިޑެންޓް ވުމަށް މަގުފަހިވާތީ ކަމަށެވެ.

ފުލުހުން ވަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާތީ ރައްކާތެރި ފިޔަވަޅު އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.