ޅ.އަތޮޅު ނައިފަރަށް ރޭ ކުރި ވިއްސާރައިގައި އެރަށު ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކައުންސިލްގެ އިދާރާއަށް ލިބުނު ގެއްލުންތަކާއި އެކު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި ނައިފަރު ކައުންސިލް އިމާރާތުގެ ފުރާޅުން ބޮޑުބައެއް އެއްލާލައި އޮފީސް ތެރެއަށް ފެނުގެ އަސަރުކޮށް އޮފީހުގެ ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ބޮޑުވަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ވިދާޅުވިއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

މެޓު އޮފީހުން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.