ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

މިސަރުކާރުން ލިބުނީ ބޭއިންސާފާއި އަނިޔާ ކަމަށާއި، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން ލަދުގަންނަން ޖެހޭކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިތާ މިއަދަށް އެއްއަހަރު ފުރުމާއި ދިމާކޮށް ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި އެކަކަށް އޭނާ ވާނެ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ބޭއިންސާފަކާއި ކުރިމަތިލާންޖެހުނު މީހަކަށް ވެފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށްގެނެސް އިންސާފުގާއިމް ކުރަން. އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފާއި، ހިތްދަތިކަމަކާއި ކުރިމަތިލިމީހަކަށް ވާނެ އަޅުގަނޑު

ޝިދާތާ ވިދާޅުވީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި ވަކާލާތު ކުރައްވާފައިވާނެ ކަމަށާއި މިއަދު އޭނާ މަގުމަތިކޮށް ބާކީކޮށްފައި ހުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަދި ކޯލިޝަންގައި ހިމެނޭ އެހެނިހެން  ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

"ޖަޒީރާ" އާ ވާހަކަ ދައްކަމުން ޝިދާތާ ވިދާޅުވީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. އަދި އޭނާ ނިސްބަތްވާ އަދާލަތު ޕާޓީއާ ދުރަށް ދިޔުމުގެވެސް ވިސްނުމެއް ނެތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އަޅުގަނޑު މި ދައްކާ ވާހަކައަކީ ކޮންމެހެން ސަރުކާރާއި އަޅުގަނޑުގެ ހިޔާލުތަފާތުވުން އޮވެ، ނޫނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ އެއްވެސް ކަހަލަ ވިސްނުމެއް ނޫން. މިއީ ސީދާ އަޅުގަނޑު މިހާހިސާބަށް އައިސްފަ މިހިރަ ސިޔާސީމަރުހަލާތަކަށް އަޅުގަނޑުގެ ވިސްނުން ހާމަކުރުމުގެ ގޮތުން އަޅުގަނޑު ބުނި އެއްޗެއް. އެހެންނަމަވެސް ސަރުކާރާއި ދެކޮޅުވެރިވާކަށްވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ އާ ދެކޮޅުވެރިވާކަށްވެސް ވިސްނުމެއް ނެތް. ސިޔާސީ ގޮތުން މަސައްކަތާއި ދުރަށް ދިއުމުގެވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް

ޖެންޑަރ މިނިސްޓަރު ކަމުން ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުވާ ކުޑަކުއްޖަކަށް އޭނާގެ ކާފައާއި މުނިކާފަ ޖިންސީގޯނާ ކުރި މައްސަލައިގައި އެންމެ އެކަށީގެންވާ ވަރަށް ޖެންޑަރ މިނިސްޓްރީގެ ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ ސަރުކާރަށާއި މިނިސްޓްރީއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވުމާއި ގުޅިގެންނެވެ. އަދި އޭރު ޝިދާތާ މިނިސްޓަރު ކަމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ފާސްކުރި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އެހެންވެ ދޯ ކަލޭ ކްރިސޓިއަށް ދީނަށް ބުރަވަމުން ތި ދުވަނީ.

ކޮމެންޓް

Your email address will not be published.