އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ފޮޓޯ: ޕީޕީއެމް

އިދިކޮޅު ފަރާތްތަކުން މާލޭ މަގުމަތީގައި ބާއްވާ މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތައް އިތުރުވެފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާ ތެރެއިން ހައްޔަރުކުރި ޕާޓީގެ ސަޕޯޓަރުންނަށް އަނިޔާކޮށް ފަހަތަށް ބިޑިއެޅުވުން އަންގައިދެނީ މި ސަރުކާރު ނިމުން ގާތްވެއްޖެކަން ކަމަށާއ ރައްޔިތުންގެ އިތުބާރާއި ތާއިދު އެމްޑީޕީ އަށް ގެއްލިފައިވާކަން ހާމަވެގެން ގޮސްފި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ އިއްޔެ ބޭއްވި މުޒާހަރާގައި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހީމަށް އަނިޔާދިން ކަަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް ގޮވާލާފައެވެ. މައްސަލަ ބަލައި އަވަސް ފިޔަވަޅު އަޅައިދޭން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވައިލިއެވެ.

އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ލާއިންސާނީ އަމަލުތަކެއް

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޝަހީދު ހައްޔަރު ކުރުމުގެ ނަމުގައި އޭނާއަށް ކުރި އަނިޔާއަކީ ރަހުމުކުޑަ އަމަލެކެވެ.

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތެއްގެ ގާނޫނީ ހައްގަކަށް ވީހިނދު، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ހިންގާފައިވާ ގައިރު ގާނޫނީ އަމަލުތައް، މިސަރުކާރު ނިމި ގާނޫނީ ހުކޫމަތު އަލުން އިޔާދަވުމާއެކު، މިނިވަންކަމާއެކު ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.