ރ. އަތޮޅު މަޑުއްވަރީގައި އަނެއްކާވެސް 13 އަހަރުގެ ކުއްޖަކު ބަލިވެ އިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިނދެ ވިހޭ މައްސަލައެއް ފެންމަތިވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ. އަދި އިއްްޔެ ޖެންޑާ މިނިސްޓްރީގެ ޓީމަކުން އެ ކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ޓެސްޓްތަކެއްވެސް ހަދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް މިކަން ޖެންޑަރ މިނިސްޓްރީން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެރަށުގެ ބައެއް މީހުން ބުނާ ގޮތުން އެ އަންހެން ކުއްޖާއަކީ އެރަށުގައި ހަރުކަށި ފިކުރު ގެންގުޅޭ މީހަކާއި ދެއަނތްބަށް އިނދެގެން އުޅޭ ކުއްޖެކެވެ.
މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދަން އިއްޔެ ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.