ފަރުކޮޅުފުށީ ގައި ބޭއްވި ޓޫރިޒަމް ޖޮބް ފެއާގެ ސްޓޯލަކަށް ނައިބް ރައީސް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވެގެން ޖޮބް ސެންޓަރުގައި ރަޖިސްޓަރ ކުރާ ކޮންމެ ފަރާތަކަށް ވަޒީފާ ކަށަވަރު ކޮށް ދިނުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަގްސަދުގައި އިކޮނިމިކް މިނިސްޓްރީން އޮންލައިންކޮށް ޖޮބް ސެންޓަރެއް ގާއިމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ބަލައި ވަޒީފާ އަށް ކުރިމަތިލެވޭނެއެވެ.

މީހުން ބިނާކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދައުލަތުގެ މީޑިއާ ގައި ރޭ ހިއްސާ ކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ކޯސްތައް ނިންމާ ފަރާތްތަކަށް ވަޒީފާ ހޯދުމުގައި ޖޯބް ސެންޓަރަކީ މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. އަދި ޖޮބް ސެންޓަރަކީ ކާމިޔާބު އެއްޗަކަށް ހެދޭނެ ކަމަށެވެ.

ޖޮބް ޕޯޓަލް ގައި ރަޖިސްޓްރީ ކުރާ ކޮންމެ ޒުވާނަކަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ވަޒީފާ އެއް ކަށަވަރު ކޮށްދޭނެ

ކޮވިޑް-19 އާއެކު އިގްތިސާދަށް އައި ލޮޅުންތަކާއިއެކު އެތައް ބައެއް ވަޒީފާ ވަނީ ގެއްލިފައެވެ. އެކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެ ސިނާއަތުގައި މަސައްކަތްކުރާ އެތައް ހާސް ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން މޯލްޑިވްސް (ޓީމް) އިން ވަނީ ބުނެފައެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުގައި 5000 ރުފިޔާ ދަނީ ދެމުންނެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17،147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *