ގައިދީއަކު އޭނާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅު،ވީ މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ގައިދީއަކު އަތުލައިގަނެފައިވާ ކަމަށާއި، އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުރަގަސްފަރާތުގައި ފޮރުވައިގެން ކަމަށެވެ.

އެ ގައިދީއަކީ ކޯޓުގެ އަޑުއެހުމަކަށް އިއްޔެ ފޮނުވުނު ގައިދީއެއް ކަމަށްވެސް މުނާޒް ވިދާޅުވެފައިވެއެވެ.

މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.