ފޯޖަރީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިމައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާ އަކީ ފުލުހެއް ކަމަށެ.
އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގު ހިންގުމަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލީސް ސަރވިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.