Contract Farming
ކޮންޓްރެކްޓް ފާމިންގެ ފުރުސަތު ގިނަ އަދަދެއްގެ ރަށްތަކަކަށް ވަނީ ހުޅުވާލާފައި ފޮޓޯ: އަވަސް

ލ. އަތޮޅުގައި ކޮންޓްރެކްޓް ފާމިންގެ މަޝްރޫއު ފަށައިފިއެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯ ނެޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު އިއްޔެ ލ. އަތޮޅުގައި ކޮންޓްރެކްޓް ފާމިންގ ފަށައިފައިވާ ކަމަށެވެ.

ގްރީން ހައުސްގައި މެލަން ހައްދަން ވަނީ ފަށާފައި

އެ އަތޮޅުގައި ހިންގާ މަޝްރޫއުގައި މިހާރު ދަނޑުވެރިކަންކުރާ ގިނަ ފަރާތްތަކެއް ބައިވެރިވަމުން އަންނަ ކަމަށް އެގްރޯއިން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

ކޮންޓްރެކްޓް ފާމިންގެ ފުރުސަތު 11 ރަށަަކަށް އެގްރޯއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލާފައެވެ.

ދަނޑުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޓުން ދަނީ އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ދަނީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ އެ ތަކެތި ވިއްކަން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނެގުމަށް ހުސްވި އަހަރު ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމިއްޔާ އަދި ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަކަމުގައި، ދަނޑުވެރިކަމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.