ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން ގޭތެރޭގެ ސާމާނުތައް ރައްކާތެރިކޮށްދޭ ވަރަށް ހާއްސަ ސްކީމެއް ތައާރަފްކޮށްފިއެވެ.

އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްއިން ތައާރަފުކުރި މި ހާއްސަ ސްކީމުގެ އަގަކީ އަހަރަކަށް 300 ރުފިޔާއެވެ.

އެލައިޑްގެ އޮފިޝަލަކު ވިދާޅުވީ، ގޭގެއަށް ހޯދާފައި ހުންނަ އެނދާއި ގޮނޑިސެޓާއި ޓީވީ ފަދަ އެއްޗެހި އިންޝުއަނުކޮށް ހުރުމުން، އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.

އަޔާދީ ތަކަފުލްގެ ހޯމް ކޮންޓެންޓް ސްކީމުން، 100،000ރ ގެ ބަދަލު ލިބެއެވެ.

އެލައިޑުގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެންވެސް އެ ސްކީމުގައި ބައިވެރިވެވޭނެ ކަމަށް އެލައިޑުން ވަނީ ހާމަކޮށްފައެވެ.

އެލައިޑުން ބުނި ގޮތުގައި ހާދިސާއެއްގައި ގެއްލުން ލިބި ކަވަރޭޖް ހޯދަން ކަސްޓަމަރުން މާ ބޮޑު ބުރައެއް ވެސް އުފުލާކަށް ނުޖެހޭނެ އެވެ. އެގޮތުން ހާދިސާގެ ތަފުސީލީ ރިޕޯޓާއި ފޮޓޯތަކާ އެކު އެލައިޑްގެ 1600 އަށް ގުޅާފައި ރިޕޯޓްކުރުމުން، ކަމާ ގުޅޭ ހާއްސަ ޓީމުން އެކަމުގެ މަސައްކަތް ފަށާނެ ކަމަށް، އެލައިޑުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.