ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން، 28 ރަށެއް މުޅިން އަލަށް ދޫކުރުމަށް ފަތުރުވެރިކަމާބެހޭ މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާންކޮށްފައިވަނީ، "ބުރަބި" ނަމުގައި ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަލީ ވަހީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހު، ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާއަށް ފަހުގައި ކަމަށެވެ.

 ފަތުރުވެރިކަމަށް ދޫކުރާ 28 ރަށުގެ އިތުރުން، 7 ރަށަކުން 7 ބިމެއްވެސް ވަނީ އެ މަސައްކަތަށް ދޫކުރަން ނިންމާފައެވެ. 

ބިން ދޫކުރަން ނިންމާފައިވާ ރަށްތައް/ސިޓީތައް:

 • އައްޑޫ ސިޓީ
 • ފުވައްމުލަކު ސިޓޫ
 • ގދ.ވާދޫ
 • ލ.ގަން
 • ހދ.ނޮޅިވަރަންފަރު
 • ހއ.ކެލާ
 • ހއ.އުލިގަން

ފަތުރުވެރިކަމަށް އަލަށް ދޫކުރަން ނިންމާފައިވާ ރަށްތަކަކީ:

 • ހއ.މާފިިނޮޅު
 • ހއ.ދައްޕަރު
 • ހއ.މެދަފުށި
 • ހއ.އަލިދުއްފަރު ފިނޮޅު
 • ހދ.ހޮނޑައިދޫ
 • ހ. ކުޑަފަރުފަސްގަނޑު
 • ހދ. ވައިކަރަމުރައިދޫ
 • ށ.ނަލަންދޫ
 • ށ.ކުޑަޅައިމެންދޫ
 • ށ.ފުށިފަރު
 • ނ.ކުންނަމަލައި
 • ރ.އަލިފުށި (ފަޅުން ބިން ހިއްކައިގެން ރަށެއް ތަރައްޤީކުރުން)
 • މ.ސީދީހުރާ
 • މ.ބޯހުރާ
 • ފ.އެނބުލުފުށި
 • ފ.ޖިންނަތުގައު
 • ތ.ކާއްޑޫ
 • ތ.ކަނިމީދޫ
 • ތ.އޮޅުފުށިފިނޮޅު
 • ލ.ކަށިދޫ
 • ލ.ބޮޑުމުންޏަފުށި
 • ލ.ދޮންބެރަހާ
 • ގއ.މާރެހާ
 • ގއ.ފުނަދޫވިލިނގިއްލާ
 • ގދ.ކަނޑަހަލަގަލާ
 • ގދ.ފެރޭތަވިލިގިއްލާ
 • ގދ.ކަޑަވާރެހާ
 • ސ.ހަންކެޑެ

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރަށްތަކުގައި ދިރިއުޅޭ ރަށްޔިތުންނަށް އެރަށްރަށާއި ކައިރިން ވަޒީފާ ހޯދައި ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *