ކައުންޓަރެއްގައި މީހަކު ޑޮލަރުތަކެއް ގުނަނީ -- ފައިލް ފޮޓޯ: މިހާރު އޮންލައިން

ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސަރުކާރުން އެ މަސައްކަތް ފަށާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގަ، އެމަނިކުފާނު އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، ޢާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވިކަމަށެވެ. އަދި އެކަން ޙައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދެއްވިކަމަށް ރައީސް ވިދާޅުވި އެވެ.

President Ibrahim Mohamed Solih

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޑޮލަރު ހޯދުމުގައި އާންމު ވިޔަފާރިކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވާވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި އެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.